ads
އެސްޑީއެފްސީ
ކޮވިޑް- 19 އާއި ގުޅިގެން އެސްޑީއެފްސީން 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ކޮވިޑް- 19 އާއި ގުޅިގެން އިގްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން 1427 ފަރާތަކަށް 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި  ބުނީ ކޮވިޑް-19 އާއެކު ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އެކުލަވާލެވިފައިވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕެކޭޖްގެ ބައެއްގެ ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސް މަސައްކަތްތެރީންނަށް އަމާޒުކުރެވިގެން، މިނިސްޓްރީ އޮފް ފިނޭންސް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމެއް އެކުލަވާލާފައިވާ ކަމަށެވެ.

މި ސްކީމުގެ ހިންގުމުގެ ކަންކަން ބަލަހައްޓަމުން ގެންދާނީ އެސްޑީއެފްސީ އިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ސްކީމް ތަންފީޒުކުރެވޭނީ އެސްޑީއެފްސީގެ "ކޮވިޑް-19 ވިޔަފާރި އެހީ" ލޯން ޕްރޮޑަކްޓްގެ ގޮތުގައި ކަމަށެވެ. އަދި އެ ސްކީމް އަމާޒު ކުރެވިފައިވާނީ ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން މިވަގުތަށް ހިންގުމުގެ ދަތިކަން މެދުވެރިވެފައިވާ (2019 ވަނަ އަހަރުގެ އަހަރީ ޖުމްލަ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ) އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޝަރުތު ފުރިހަމަވާ ފަރާތްތަކުން 30،000 ރުފިޔާއާ ހަމައަށް، ހަ އިންސައްތަ އިންޓަރެސްޓް ރޭޓުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާދައްކާގޮތަށް އެ ލޯނަށް ކުރިމަތިލެއްވޭނެ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. 

އެ ސްކީމްގެ ދަށުން ދޫކުރާ ލޯންތަކަށް ހަ މަސް ދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އެ ލޯނުގެ އިންޓަރެސްޓް އަދި ޕްރިންސިޕަލް އަދަދު ދައްކަން ފަށަންޖެހޭނީ ގްރޭސް މުއްދަތަށް ފަހުގައި ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. 

އެ ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރެއިން ހަ މަސްދުވަހު މަސައްކަތް ކޮށްފައިވާ އަދި އެ މުއްދަތުގެ ތެރޭގައި އާމްދަނީ ލިބިފައިވާކަން ކަށަވަރުކުރެވޭނެ ފަދަ ވަކި ވަކި އަމިއްލަ ފަރާތްތަކަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް