ads
ފޮޓޯ: ޕީޕީއެމް
ރޭ މުޒާހަރާއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާއިން ޖުމްލަ 7 މީހަކު ހައްޔަރުކުރި ކަމަށެވެ. އޭގެތެރެއިން ދެ މީހަކަށް ކޯޓުން މިއަދު ފަސް ދުވަސް ޖަހާދީފައިވާއިރު، އަނެއް ފަސް މީހުން ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދައުލަތުން ރައީސް ޔާމީންއަށް ދައުވާ ކުރި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ރެޔަކު ވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެކުށް ސާބިތުވެ ފަސް އަހަރަށް ޖަލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް