ads
އެސްޓީއޯ
ހަރަދު ކުޑަކުރުމުން ވެސް އެސްޓީއޯގެ އާމްދަނީ ދަށަށް
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހަރަދުތައް އަދި އާމްދަނީވެސް ދަށަށް ގޮސްފައިވާ ކަމަށް އެކުންފުނީގެ ކުއާޓާލީ ރިޕޯޓުން ދައްކައިފި އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓް ދައްކާ ގޮތުން ނިމިދިޔަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި އެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެެ އާމްދަނީ އެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ ކުއާޓާގައި ލިބިނު އާމްދަނީ ވަނީ 1.3 ބިލިއަން ރުފިޔާ ދަށްވެފައި އެވެ. 

އެސްޓީއޯ އަށް ލިބުނު އާމްދަނީ އިން ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 104 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައި ވަނީ 114 މިލިއަން ރުފިޔާ އެވެ. 

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި އެސްޓީއޯ އިން ވަނީ 21.7 މިލިއަން ރުފިޔާ ދައްކާފަ އެވެ. ހަރަދުތައް ކެނޑުމަށް ފަހު ބީޕީޓީ ދެއްކުމުގެ ކުރިން އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 126 މިލިއަން ރުފިޔާ އެވެ. 

ފާއިތުވި ކުއާޓާގައި އެސްޓީއޯ އިން 200 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފުރަތަމަ ކުއާޓާގައި އެކުންފުނިން ހަރަދުކޮށްފައި ވަނީ 211 މިލިއަން ރުފިޔާ އެވެ. 

އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19 ބަލިމަޑުކަމެވެ. އެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައިސްފާ ވާއިރު، އެކުންފުންޏަށް ލިބޭ އާމްދަނީގެ 65 އިންސައްތަ އަކީ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ އާމްދަނީއަށް ވުމުން އެސްޓީއޯ އަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ލަސްތަކެއް އަތުވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެސްޓީއޯ އިން ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް