ads
ފޮޓޯ:ސޯޝަލް މީޑިއާ
ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ޒުވާނުން ނުކުމެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަން ދޮށުގައި ވަނީ އެމީހާ ހައްޔަރުކުރުމަށް ގޮވާލާފަ އެވެ. 

ރަށުގެ ގިނަ ޒުވާންތަކެއް ވަނީ ކުޑަ ކުދިންނަށް ކުރާ އެފަދަ އަނިޔާތައް ހުއްޓާލުމަށާއި އެކަން ކުރާ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް