ads
ހުޅުމާލޭގައި ހުޅުވި ލެވޯ ރެސްޓޯރެންޓް--
ހުސް އަންހެނުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް ހުޅުވައިފި
ހަމައެކަނި އަންހެނުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހަމައެކަނި އަންހެނުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ލީވޯގެ ނަން ދީފައިވާ މި ރެސްޓޯރަންޓްގެ ހާއްސަ ކަމަކީ އެތަނުގައި ހުރިހާ މަސައްކަތެއް ވެސް ކުރާނީ އަންހެނުން ކަމަށް ވުމެވެ.

މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ހުޅުވި މި ރެސްޓޯރެންޓަކީ ސިމްޑީ ގްރޫޕުން ހިންގާ ތަނެކެވެ. އެތަނުން ބުނި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ރެސްޓޯރަންޓެއް ހުޅުވަން ނިންމާފައި ވަނީ އަންހެނުން ބާރުވެރި ކުރުމަށްޓަކަ އެވެ.

ލީވޯއިން ބުނި ގޮތުގައި މި ރެސްޓޯރަންޓުން ތަފާތު އެކި ކަހަލަ ކާނާ ފޯރުކޮށްދޭނެ އެވެ. އެގޮތުން އެތަނުގައި ތައްޔާރު ކުރާ ހުރިހާ ތަކެއްޗަކީ ވެސް ލީވޯގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުން ތައްޔާރުކޮށްފައިވާ 100 އިންސައްތަ ތާޒާ ތަކެއްޗެވެ. އޭގެ އިތުރުން އެތަނުން އިންޓަނޭޝަނަލް އެކި ބާވަތްތަކުގެ ކާތަކެތި ލިބޭނެ ކަމަށް ވެސް ލީވޯއިން މައުލޫމާތު ދެއެވެ.

މި ރެސްޓޯރަންޓް ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނައިރު މިތަނުން ޕިއްޒާ އާއި ސޫޝީ ވެސް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް