ads
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން
ތާމޯމީޓަރަކާއި ކަޓްއޮފެއްގެ ވެރި ފަރާތް ހޯދަނީ
ފުލުހުންގެ ބެލުމުގެދަށުގައި އޮތް ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި އިންފްރާރެޑް ތާމޯމީޓަރަކީ މިމަހުގެ 30 ވަނަ ދުވަހު އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހެއްގެ އަތުން ފެނިފައިވާ އެއްޗެއް ކަމަށެވެ.

މީގެއިތުރުން ކަޓްއޮފެއްގެ ވެރިފަރާތްވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ. މި ކަޓްއޮފަކީ މިމަހުގެ 30 ވަނަ ދުވަހު ބަނދަރުމޭނާ ކައިރީގައި ބަހައްޓާފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެއްކަމަށް ކަމަށް ފުލުހުން ބުނެ އެވެ.

މި އިންފަރާރެޑް ތާމޯމީޓަރާއި ކަޓްއޮފްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އެއީ ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމުން މިތަކެތި ހަވާލުކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަަށަށްް ގެންނަ މިފަދަ އަގުހުރި މުދާތަކާއި މަގުމަތިން މީހުން ހޮވައިގެން ގެންނަ ތަކެތި އެއިދާރާއިން އަންނަނީ އޭގެ ވެރިފަރާތް ހޯދާ ހަވާލުކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައިވެސް ފުލުހުން ވަނީ އެކިފަހަރު މަތިން މަގުމަތިން ހޮވައިގެން އެއިދާރާއަށް މީހުން ގެނެސްފައިވާ އެއްޗެހީގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް