ads
ބްރިޖުގައި އެކްސިޑެންޓެއް ހިނގާފައި--
ޕިކަޕަކާއި ކާރެއް ޖެހި ބްރިޖުގައި އެކްސިޑެންޓެއް ހިނގައިފި
ފަހަތުން އައީ ޕިކަޕެއް ކާރެއްގައި ޖެހި، ސިނަމާލޭ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެގޮތުން ފަހަތުން އައި ބޮޑު ޕިކަޕެއް ކާރެއްގައި ޖެހި ކާރުގެ ފަހަތް ވަރަށް ބޮޑަށް ވަނީ ބަނޑިވެފަ އެވެ. 

އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އައިނަމަވެސް އަދި އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިވާކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެ އެވެ.

މީގެ ކުރިން ސިނަމާލޭ ބްރިޖުގައި ވަރަށް ގިނަ އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. ހާއްސަކޮށް ބްރިޖު ހުޅުވި ދުވަސްކޮޅު ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް