ads
އާތޫރު ފޮޓޯ:---
އާތޫރު ޖޫރިމަނާ ކުރަން ބާސެލޯނާއިން ނިންމައިފި
މިޑްފީލްޑަރު އާތޫރު މެލޯއާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބާސެލޯނާގެ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު ވިދާޅުވެއްޖެ އެވެ.

ބާސެލޯނާއިން އާތޫރުއާ މެދު ފިޔަވަޅު އަޅަން ނިންމީ އޭނާ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާތީ އެވެ. 

ބާސެލޯނާ އާއި އާތޫރުގެ މައްސަލަ ފެށުނީ އަންނަ ސީޒަންގައި އަމަލު ކުރަން ފަށާ ގޮތަށް ހެދި އެއްބަސްވުމުގައި ޔުވެންޓަސް އަށް ފަސް އަހަރަށް އާތޫރު ސޮއި ކުރި ހިސާބުންނެވެ. ޔުވެންޓަސްއަށް ސޮއި ކުރުމަށްފަހު އޭނާ ދަނީ ސީޒަންގެ ބާކީ އޮތް ބައިގައި ބާސާއަށް ކުޅެން ދެކޮޅު ހަދައި، އެޓީމާއެކު މިހާރު އޮތް ކޮންޓްރެކްޓް އުވާލުމަށް އެދިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ބާސެލޯނާ ދޫކޮށްލަން ބޭނުން ނުވި ނަމަވެސް ބާސެލޯނާއިން އޭނާ ވިއްކާލަން ނިންމުން ވެގެން ދިޔައީ އާތޫރު ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ނިންމުމެއްގެ ގޮތުގައެވެ. 

ކޮރޯނާ ވައިރަހާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ ކްލަބުތަކުން ދަނީ ކުޅުންތެރިން ވިއްކާލަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާއިން އާތޫރު ވިއްކާލަން ނިންމި ނިންމުމަކީ ވެސް ޓީމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ނިންމި ނިންމުމުކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް