ads
އައިޕީއެލް އޮންނާނެ އޮންނާނީ ސެޕްޓެމްބަރު މަހު ދުބާއީގައި
އައިޕީއެލް ސެޕްޓެމްބަރު މަހު ދުބާއީގައި
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު- އައިޕީއެލް އަންނަ ސެޕްޓެމްބަރު މަހު ދުބާއީގައި ބޭއްވުމަށް އިންޑިއަން ޕްރިމިއާ ލީގު ގަވަނިން ކައުންސިލުން ނިންމައިފިއެވެ.

ސެޕްޓެމްބަރު މަހު ދުބާއީގައި މި އަހަރުގެ އައިޕީއެލް ބޭއްވުމަށް ޕްރިމިއަރ ލީގު ގަވަނިންގ ކައުންސިލުން ނިންމީ ކޮވިޑާ ގުޅިގެން އިންޑިޔާގައި މި މުބާރާތް ބޭއްވޭނެ އެއްވެސް ފުރުސަތެއް އޮތް ކަމަށް ނުފެނުމުންނެވެ. މުބާރާތުގެ ފެށުން ދެ ފަހަރެއްގެ މަތިން ތާވަލު ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އިންޑިޔާގައި މުބާރާތް ބޭއްވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

ދެ ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމުން، މުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ ހުށަހެޅީ ސްރީލަންކާއިން ނެވެ. ފަހުން އެކުވެރި އަރަބި އިމާރާތުންވެސްވަނީ މުބާރާތް ބާއްވައިދިނުމަށް ހުށަހަޅާފައެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ އޮތީ މާރިޗު މަހުގެ އޮނަތިރީސްވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް ފަނަރަ ވަނަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު އެންމެ ފަހުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖުބޫރުވީ އެވެ. މުބާރާތާ ގުޅޭ ގޮތުން ކުރިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި ސަޕޯޓަރުން ނުވައްދާ މެޗުތައް ކުރިއަށް ގެންދިޔުމާއި އަދި ބިދޭސީ ކުޅުންތެރިން ނުހިމަނާ މުބާރާތް ކުރިއަށް ގެންދިޔުންވެސް ހިމެނެ އެވެ. އެހެންނަމަވެސް މިއިން އެއްވެސް މަޝްވަރާއެއް ކޮޅެއްގައި ނުޖެހުނެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް