ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިދިޔަ މަހު ރާއްޖެއަށް އައީ 1769 ފަތުރުވެރިން
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު 1769 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ ޔޫރަޕުންނެވެ. އެގޮތުން ޔޫރަޕުން 258 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައިވާއިރު 189 ފަތުރުވެރިންނާއެކު ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އެމެރިކާ އިންނެވެ. 

ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޔުނައިޓެޑް އަރަބް އެމިިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން 143 ފަތުރުވެރިން އައިއިރު ޖަރުމަނުން ރާއްޖެއަށް ޒިޔާރާތްކުރީ 135 ފަތުރުވެރިންނެވެ. އަދި ސްވިޒަލޭންޑުން 79 ފަތުރުވެރިން އައިސްފައިވާއިރު ސްޕެއިނުން އައިސްފައި ވަނީ 62 ފަތުރުވެރިންނެވެ. 

އޭގެ އިތުރުން، އެ މުއްދަތުގައި ފްރާންސް އާއި ރަޝިޔާ އިން ރާއްޖެއަށް ޒިޔާރާތްކުރީ 58 ފަތުރުވެރިންނެވެ. އަދި ޖުލައި މަހުގެ ތެރޭގައި އިޓަލީން 44 ފަތުރުވެރިން އައިއިރު ފިލިޕިންސް އިން އައީ 43 ފަތުރުވެރިންނެވެ. 

އިމިގްރޭޝަނުން ބުނި ގޮތުގައި އެހެން ގައުމުތަކުން އިތުރު 700 ފަތުރުވެރިއަކު ވެސް ރާއްޖެއަށް ޒިޔާރާތްކުރި އެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު މިހާރުވެސް 12 އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ޝެޑިއުލްކޮށްފައިވެ އެވެ.

އޭގެ އިތުރުން، ރާއްޖެ އަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމިރޭޓްސް އެއާލައިނުން ވަނީ އެ އެއާލައިން ރާއްޖެ އަށް ކުރާ ދަތުރުތައް ހަފްތާ އަކު ހަ ދަތުރަށް އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް