ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ސަރުކާރު ބަންދަސް އެމްއެމްއޭ ވެސް ބަންދެއް ނުކުރާނެ!
މިމަހުގެ ހަތަރަކުން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާން ނިންމާފައި ވީނަމަވެސް މޯލްޑިވްސް މަނިޓަރީ އަތޯރަޓީ (އެމްއެމްއޭ) ބަންދުނުކުރާނެ ކަމަށް އެތަނުން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ އެމްއެމްގޭ އިތުރުން ބޭންކުގެ ހިދުމަތްތައް ވެސް ލިބެމުންދާނެ ކަމަށެވެ. އެގޮތުން ބޭންކުގެ ހިދުމަތް ހެނދުނު 08:30 އިން 02:00 އަށް ލިބިގެން ދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި ސިޓީ އާއި ތަކެތި ބަލައިގަތުން ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކުރިއަށް ދާނެކަމަށްވެސް ބުނެ އެވެ.

އޭގެ އިތުރުން ބީއެމްއެލްއިން ވެސް ބުނެފައިވަނީ މާލޭ ސަރަހައްދުތަކުގެ މެއިން ބްރާންޗްތަކުގެ ހިދުމަތާއި ސާވިސް ސެންޓަރުތަކުން މާދަމާވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، ބަލި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް އޮފީސްތައް ބަންދުކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް