ads
ޖާބިރު އާއި މޭނާ ހައްސާން--
މޭނާ ހައްސާން ޑީއާރުޕީއަށް ސޮއި ކޮށްފި
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ސޮއިކޮށްފި އެވެ.

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިރޭ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ. 

ޖާބިރު ވިދާޅުވި ގޮތުގައި އޭނާއަކީ މޭނާ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރެވެ. އަދި މޭނާ ހައްސާނަކީ ރާއްޖޭގެ ލެޖެންޑްކަން ފާހަގަކުރައްވާ ޖާބިރު ވަނީ އެ ޕާޓީއަށް މޭނާ ހައްސާނަށް މަރުހަބާ ކިޔުއްވާފަ އެވެ. 

މޭނާ ހައްސާން ޑީއާރުޕީއަށް ސޮއި ކުރުމާއެކު ޖާބިރު ވަނީ މޭނާ ހައްސާނުގެ އެންމެ މަޝްރޫއު ލަވަތަކުގެ ތެރޭގައި ހިމެނޭ "ވަގުތު ނެތޭ ވަގުތު ނެތޭ" ލަވައަށް ނައްޓުވާފަ އެވެ.

ޖާބިރުއާއެކު މޭނާ ހައްސާން ވެސް އެލަވައަށް ނަށާ މަންޒަރު ވީޑިއޯ އިން ފެނިގެންދެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި މިއުޒިކީ ދާއިރާގައި ވިދާލި މޭނާ ހައްސާން ވަނީ މިފަހުން މިއުޒިކާ ދުރަށް ޖެހިލާފައި ނަމަވެސް ފަހުން އޭނާ ވަނީ އަނބުރާ މިއުޒިކީ ދާއިރާގައި މަސައްކަތް ކުރަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް