ads
ދިވިޔާ ޗޯކްސޭ ---
ދިވިޔާ ޗޯކްސޭ މަރުވުމުގެ ކުރިން މީސްމީޑީއާގައި: "އަހަރެން މިއޮތީ މަރުގެ ތަންމަތީގައި"
"ހެ އަޕްނާ ދިލް ތޯ އާވާރާ" މި ފިލުމާއިއެކު 2016 އަހަރު ބޮލީވުޑަށް ތައާރަފްވި ދިވިޔާ ޗޯކްސޭ ކެންސަރު ބަލީގައި ނިޔާވިއިރު އޭގެ ކުރިން އެނާ ވަނީ ސޯޝަލް މީޑިއަށް އެންމެ ފަހުގެ މެސެޖް އާންމުކޮށްފައެވެ.

މިމެސެޖުގައި އޭނާ ބުނިގޮތުން އޭނަ ބުނަން ބޭނުންވާ އެއްޗެހި ޖުމުލަޔަކުން ބަޔާންކޮށް ނުދެވޭނެއެވެ.

" މިހާރު މަހެއްމިވީ ތި ފޮނުވާ ހުރިހާ މެސެޖުތަކުގެ ތެރޭގައި އަހަރެން ފިތިގެން ހުންނަތާ، އެހެންވީމަ އަހަރެން މިއަދު ބުނެދޭނަން އަހަރެން މި އޮތީ މަރުގެ ތަންމަތީގަ. އެކަމަކު އަހަރެން ނަކީ ހިތްވަރުގަދަ މީހެއް. އެހެންމީހުން ބޭނުން ވާ ވަގުތުތަކުގައި އަބަދުވެސް އެމީހުންނަށް ޓަކައި ތިބެދީ. އިތުރު ސުވާލެއް ނުކުރުން އެދެން. ހަމައެކަނި އަހަރެންގެ ވެރި އިލާހަށް އިގޭނީ އަހަންނަށް ތި ފަރާތްތަށް މުހިންމު ވާވަރު. ގުޑް ބައި"

ސޯޝަލް މީޑިއާގައި ބަރިބަރިއަށް އަންނަ ސުވާލުތަކަށް ޖަވާބު ދެމުން ދިވިޔާ ބުނެފައިވެއެވެ. ދިވިޔާ މި މެސެޖު މަރުވުމުގެ ދެ ދުވަސް ކުރިން އިންސްޓަގުރާމު ސުޓޯރީއަށް ލީއިރު، އޭނާއަށް މި މަރުވަނީކަން އިގޭހެން ހީވާކަމަށް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ. ދިވިޔާ މަރުވެފައިވަނީ އޭގެ ދެދުވަސް ފަަހުންނެވެ.

ދިވިޔާ ކެންސަރު ބަލީގައި މަރުވެފައިވާއިރު އެނާ ވަނީ ފިލްމީ ދާއިރާއަށް ނިކުމެ އެދާއިރާއިން ކުރިއަށް ދިއުމަށް ބުރަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ލަންޑަން އިން އޭނާ ވަނީ އެކްޓިން ކޯހެއް ފުރިަހަމަ ކޮށްފައެވެ. އަދި ގިނަ ފިލްމުތަކެއް ކުޅުމަށް އޭގެ ފަހުން އޭނާ ނިންމާފަވެސް ވެއެވެ. އެހެންނަމަވެސް ކެންސަރު ބަލިން ރަނގަޅު ނުވެ އޭނާ ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް