ads
ބެއިރޫތުގެ ގޮވުމުގައި 78 މަރުވެ ހަތަރު ހާހެއްހާ މީހުންނަށް އަނިޔާ ވެއްޖެ
ލުބުނާންގެ ވެރިރަށް، ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ، 78 މީހުން މަރުވެ ގާތްގަނޑަކަށް 4000 މީހުންނަށް އަނިޔާވެއްޖެ އެވެ.

ލެބަނީސް ހެލްތް މިނިސްޓަރު ވިދާޅުވާ ގޮތުގައި ޕޯޓުގައި ހިނގި އެގޮވުމާއެކު ގާތްގަނޑަކަށް 78 މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާ ހިނގާފައިވަނީ ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި ހުރި ގުދަނެއްގައި ކަމަށާއި އެ ގުދަނުގައި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާތެރިނޫން ގޮތަކަށް ހަ އަހަރު ވަންދެން ބެހެއްޓިފައިވާ ކަމެވެ.

އެކަމާއި ގުޅިގެން ލެބަނީސް ރައީސް މިޗެލް އައުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ދެ ހަފްތާގެ މުއްދަތަކަށް ސްޓޭޓް އޮފް އެމަޖަންސީގެ ހާލަތު އިއުލާން ކޮށްފައެވެ.

ލުބުނާންގެ ރައީސް އިތުރަށް ވިދާޅުވީ 66 މިލިއަން ޑޮލަރުގެ އެމަޖަންސީ ފަނޑު އެ ގައުމުގެ ސަރުކާރުން ދޫކުރެވޭނެ ކަމަށެވެ.

your image

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ބާރުގަދަ ގޮވުމާއެކު އެތައް ގެއަކާއި އުޅަނދުތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި މިހާރު ރެސްކިއު ވޯކަރުން އަންނަނީ ގެއްލުންތަކުގެ ތެރެ ހޯދަމުން ކަމާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އޮފިޝަލުން މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ދިމާވެފައިވަނީ ކިހިނެއްތޯ ބެލުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމެވެ. އެގޮތުން ލެބަނޮންގެ ސުޕްރީމް ޑިފެންސް ކައުންސިލް އިން ބުނީ ހާދިސާއަށް ޒިންމާވާ ފަރާތްތަކަށް ދެވޭނީ އެންމެ ބޮޑު އަދަބު ކަމަށެވެ.

އިއްޔެ ހަވީރު އެގައުމުގެ ގަޑިން ހައެއް ޖެހިއިރު އެ ހާދިސާ ހިނގިއިރު ހުރިހާ ހޮސްޕިޓަލަކަށް ވެސް އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ތައްޔާރުވެ ތިބުމަށް އަންގާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ މިދުވަސްކޮޅު އެފަދަ ހާދިސާއެއް ދިމާވުމުން އެތައް ހޮސްޕިޓަލަކަށް ވަނީ ކޯޕް ކުރަން ދަތިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް