ads
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ދިވެހިން މިތިބީ ލުބުނާންގެ ރައްޔިތުންނާއެކު: ރައީސް
ލުބުނާންގެ ވެރިރަށް، ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ، އިއްޔެ ހިނގި ހާދިސާއާއެކު ދިވެހިން ތިބީ އެގައުމުގެ ރައްޔިތުންނާއެކު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު އެގައުމުގެ ހަޑިން ހައެއް ޖަހާއިރު ހިނގި އެ ހާދިސާގައި ދެ ގޮވުމެއް ގޮވި އެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 75 އަށް އަރާއިރު އަނިޔާވި މީހުންގެ އަދަދު 4000 އާ ގާތް ކުރެ އެވެ. 

އެކަމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހިން ތިބީ ގައުމުގެ ރައްޔިތުންނާއެކު ކަމަށާއި އަދި އެ ހާދިސާގެ އަސަރުކުރި އާއިލާތަކުގެ ހިތާމާއިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ބެއިރޫތުގެ ޕޯޓު ސަރަހައްދުގަ އެވެ. 

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި ބާރުގަދަ އެ ގޮވުމާއެކު ވަނީ އެ ސަރަހައްދާއި 10 ކިލޯ މީޓަރު ދުރުގައި ހުރި ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ލޮޅުން އެރި ކަމަށާއި ހީވީ ބޮޑު ބިން ހެލުމެއް ކުރިމަތީވީ ކަމަށް ވެސް މީހުން ބުނެ އެވެ. 

އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު މަގުމަތީގައި ހުރި އުޅަނދުތަކަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. 

ދެ ގޮވުމެއް ގޮވިއިރު އެންމެ ފުރަތަމަ ގޮވުމުގައި ވެސް ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެ އެވެ. އެ މަންޒަރު މީހުން ވީޑިއޯ ކުރަމުންދަނިކޮށް ދެވަނަ ގޮވުން ގޮވާއިއިރު އަލިފާންގަނޑާއެކު ބޯ ދުންތަކުން މުޅި ސަރަހައްދު ފުސްވެޔެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް