ads
ދިޝާ އާއި އޭނާގެ ބައްޕަ--
ދިޝާ ޕަޓާނީގެ ބައްޕައަށް ކޮވިޑް ޖެހިއްޖެ
ބޮލީވުޑުގެ މަޝްހޫރު ތަރި ދިޝާ ޕަޓާނީގެ ބައްޕަ، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިޝާގެ ބައްޕަ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ މެންދުރެއް ހާއިރެވެ. 

ދިޝާގެ ބައްޕަށް ކޮވިޑް ޖެހުނުއިރު އޭނާގެ ބައްޕަ އުޅެމުން އަންނަނީ އުއްތަރު ޕްރަދޭޝްގަ އެވެ. ދިޝާ އުޅެމުން ދަނީ މުމްބާއީގަ އެވެ. 

އެކަމާއި ގުޅިގެން އަދި ދިޝާ ވާހަކަ ދައްކާފައެއް ނުވެ އެވެ. 

ހަލުވިކަމާއެކު ކޮވިޑް-19 އިންޑިއާގައި ފެތުރެމުން އަންނައިރު އިއްޔެ އުއްތަރު ޕްރަދޭޝް އިން އެކަނި ވެސް 4000 އަށް ވުރެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވެ އެވެ. 

ފިލްމީ ގިނަ އާއިލާތަކެއްގެ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެންމެ ފުރަތަމަ ބޮލީވުޑުން މަޝްހޫރު ފަންނާނުންގެ ތެރެއިން ކޮވިޑް ޖެހިފައި ވަނީ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރަށެވެ. އޭގެ ފަހުން ބޮލީވުޑު ތަރިންގެ ގެތަކުން ވެސް ކޮވިޑް ފެނިފައިވާއިރު ވަރަށް ފަހުން އަމީތާބަށް ވެސް ކޮވިޑް ޖެހިގެން ފަރުވާދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް