ads
ސޫރަޖް--
ދިޝާގެ މަރާއި ގުޅިގެން ސޫރަޖްގެ ނަން ބޭނުންކުރާތީ ރުޅިގަދަވެއްޖެ
ސުޝާންތު ސިންގް ރާޖުޕުތުގެ މެނޭޖަރު ދިޝާ ސާލިއަންގެ މަރާއި ގުޅިގެން ސޫރަޖް ޕަންޗޯލީއަށް ތުހުމަތައް ކުރެވެމުންދާތީ އެކަމަށް ރައްދުދީފި އެވެ.

އެކަމާއި ގުޅިގެން ސޫރަޖް ބުނީ، އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކުރެވިގެން ދިއުމަކީ އާއިލާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނޫސްތަކުގައި ފެތުރޭ ހަބަރުތަކާއި ގުޅިގެން އިތުރަށް ކަންބޮޑުވާން ބޭނުން ނުވާ ކަމަށާއި އަދި އާއިލާގެ މީހުން ވެސް އިތުރު ތަކުލީފެއް އުފުލާ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށް ސޫރަޖް ވަނީ ބުނެފަ އެވެ. ސޫރަޖު ބުނީ އޭނާގެ ސަބަބުން މިހާރު ވެސް ގިނަ ކަންބޮޑުވުނަތަކެއް އާއިލާގައި ހުރިއިރު އެކަން ބުރައަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

ސޫރަޖު ބުނީ މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އޭނާގެ މަންމައަށް ހީވެފައި އޮންނަނީ އޭނާ އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ކަމަށެވެ. އެގޮތުން ސުޝާންތުގެ މަރަށް ފަހު، އޭނާގެ މައިންބަފައިން ވަނީ އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ ވާހަކަ ދެއްކުމަށް އެދިފައި ކަމަށް ސޫރަޖު ބުނެ އެވެ.

ދިޝާ ސާލިއަންއާ އެކު ސޫރަޖު ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވުމާއި ގުޅިގެން މީހުން ސޫރަޖުގެ މައްޗަށް ތަފާތު ތުހުމަތު ކުރިޔަސް އޭނާ ވަނީ އެއީ ދިޝާ ނޫން ކަމަށާއި އެއީ އޭނާގެ އެހެން ރައްޓެއްސެއް ކަމަށް ބުނެފަ އެވެ. އަދި ދިޝާއާ ދުވަހަކު ދިމާނުވާ ކަމަށާއި ވާހަކަ ވެސް ނުދައްކާ ކަމަށް ވަނީ ބުނެފަ އެވެ. 

ސުޝާންތުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ދިޝާ އަމިއްލައަށް މަރުވެފައި ވަނީ ސުޝާންތު އަމިއްލައަށް މަރުވުމުގެ ކުރިންނެވެ. 

ސޫރަޖުގެ މައްޗަށް މީގެ ކުރިން ވަނީ އޭނާގެ ލޯބިވެރިޔާ ޖިއާ ހާން މަރާއި ގުޅިގެން ވެސް ތުހުމަތުތައް ކޮށްފަ އެވެ. ސޫރަޖު ވަނީ އޭނާ ކޯޓަށްދާތާ މިހާރު އަށް އަހަރުވެފައިވާ ކަމަށް ކުރިން ބުނެފަ އެވެ. އޭނާ ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. އަދި ވަރަށް ފަހުން އޭނާ ވަނީ ނުކުރާ ކުށެއް ބޮލުގައި އަޅުވާފައިވާ ކަމަށް ބުނެ ވާހަކަ ވެސް ދައްކާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް