ads
ބަންޑާރަ ނައިބު (ވ) އާއި އެކު ބައެއް ވަކީލުން: ފޮޓޯ- އިބްރާހީމް ރިފްއަތު ޓްވިޓާ
ހައްގުތައް ކަށަވަރުކޮށްދިނުމަކީ ތިންބާރުން ކޮށްދޭން ޖެހޭ ކަމެއް: ބަންޑާރަ ނައިބު
ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ތިން ބާރު ހެޔޮ އެދިގެން ކުރަން ޖެހޭ ކަމެއް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ދިވެހިން މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަށް 12 އަހަރު ފުރުމާއި އެކު ބަންޑާރަ ނައިބު ރިއްފަތު ކުރައްވަފައިވާ ޓްވީޓެއްގައި ވިދާޅުވީ ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރިއްފަތު ވިދާޅުވީ ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ ބޮޑަށް ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީއަކީ 2008 އަހަރު ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ތަސްދީގު ކުރެއްވި ގާނޫނު އަސާސީއެވެ. އޭގެ ކުރިން އަމަލު ކުރަމުން އައި ނޫ ގާނޫނު އަސާސީއާއި ހިލާފަށް ފަހުން އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ އަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ތިން ބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރެވި ޤާނޫނުއަސާސީއެވެ. 

ރައްޔިތުންނަށް ލިބެންވާ އެންމެހާ ހައްގުތަކާއި މިނިވަންކަން މިގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިގެން ދެއެވެ.

ގާނޫނު އަސާސީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އަދުލު އިންސާފު ކަށަވަރުކޮށްދީފައި ވީނަމަވެސް ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނުލިބޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އޮވެއެވެ. އަދި އަދުލު އިންސާފަށް ހުރަސްތައް ހުރި ކަމުގެ ކަންބޮޑުވުންވެސް ރައްޔިތުންގެ މެދުގައި އޮވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް