ads
ބަޝަންދުރާ ކިންގްސްއާ ގުޅުނު ބްރެޒިލްގެ ރޮބީނިއޯ
ބަޝަންދުރާއަށް ބްރެޒިލްގެ ފޯވާޑެއް
ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްގެ ކެޕްޓަން، ކޮސްޓާ ރީކާ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ކޮލިންޑްރެސްގެ ކޮންޓްރެކްޓް ހަމަވެ އެނބުރި ގައުމަށް ދިޔުމުން އޭނާގެ ބަދަލުގައި ބްރެޒިލްގެ ފޯވާޑެއްގެ ސޮއި ހޯދައިފި އެވެ.

ރާއްޖޭގެ ނިއުއަށް ކުރިން ކޯޗުކޮށްދިން އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޝަންދުރާ ކިންގްސްއަށް އަލަށް ހޯދި ފޯވާޑަކީ ބްރެޒިލްގެ އެކި ޓީމުތަކަށް ކުޅެފައިވާ ރޮބްސަން ޑި ސިލްވާއެވެ. އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާގެ ވަނަމަކީ ރޮބީނިއޯއެވެ. އޭނާގެ ކެރިއަރުގައި މުޅިންވެސް ކުޅެފައިވަނީ ބްރެޒިލްގެ ޓީމުތަކަށެވެ. ބަންގާޅުގެ ބަޝަންދުރާ ކިންގްސްއަކީ އޭނާ ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ކްލަބެވެ.

ރޮބީނިއޯ ބަޝަންދުރާ ކިންގްސްއާ އެކު ހަދާފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރު މަހު އޭނާ ބަޝަންދުރާ ކިންގްސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެއެވެ. އޭނާގެ ފުރަތަމަ ޓެސްޓަކަށްވާނީ ބަޝަންދުރާ ކިންގްސްއާ އެކު އޭއެފްސީ ކަޕެވެ. އޭއެފްސީ ކަޕުގައި ބަޝަންދުރާ ކިންގްސް ހިމެނެނީ ރާއްޖޭގެ ޓީސީއާ މާޒިޔާއާ އެކު އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ވަނީ ނިންމާފައެވެ.

ބަޝަންދުރާ ކިންގްސްގެ ފޯވާޑު ލައިނުގައި ރޮބީނިއޯއާ އެކު ދެން ހިމެނޭނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް