ads
ޝަހީދު ހުސައިން އާދަމް ބިލްޑިން -- ފޮޓޯ: ވީނިއުސް
މަސްތުގެ ހާލުގައި ހުރި ފުލުހަކު ހައްޔަރުކޮށްފި
މަސްތުގެ ހާލަތުގައި ހުރި ފުލުހަކު، ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވިގެން މިމަހުގެ ހަތް ވަނަ ދުވަހު ކ. ކާށިދޫ ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސް، އޭނާ ދިރިއުޅެމުންދިޔަ ގެ ބަލާއި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވެ އެވެ. 

އެ  މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެކެވެ. 

ފުލުހުން އިތުރަށް ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް އެމީހާ ވަނީ ޕޮޒިޓިވްވެފަ އެވެ.

ފުލުހުން ބުނީ އެމީހާގެ ބަންދަށް ގޮތެއް ނިންމަން ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް 10 ދުވަހަށް ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް