ads
ހައިކޯޓު---
މަރުގެ ދިޔަ މުރާޖައާ ކުރަން ޖެހޭ: ހައިކޯޓް
މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި ކަނޑައެޅިފައިވާ މިންވަރަކީ، އެކަށީގެންވާ މިންވަރެއްތޯ ނުވަތަ ނޫންތޯ ބަލައި، މުރާޖައާ ކުރުމަކީ އެކަން ކުރަންޖެހޭ ފަރާތަކުން އަވަހަށް ކުރަންޖެހޭ މުހިންމު ކަމެއްކަމުގައި ހައިކޯޓުން ފާހަގަކޮށްފި އެވެ.

ހައިކޯޓުން މިކަން ފާހަގަކޮށްފައިވަނީ، ހުސްވި ހަފުތާ ތެރޭ އެ ކޯޓުން ކުރި މަރުގެ މައްސަލައެއްގެ ހުކުމުގައެވެ.

މަރާލާ އެއްލާލާފައި އޮއްވާ މީގެ ބާރަ އަހަރު ކުރިން ފެނުނު އަންހެން ކުއްޖެއްގެ މައްސަލައިގާ އެ ކުއްޖާގެ ކުރީގެ ލޯބިވެރިޔާގެ މައްޗަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި މަރުގެ ދިޔައިގެ މިންވަރުގެ ގޮތުގައި ރާއްޖޭގައި ކަނޑައަޅާފައިވާ މިންވަރު މުރާޖައާ ކުރުމަކީ ކަމާ ބެހޭ ފަރާތްތަކުން އަވަހަށް ކުރަން ޖެހޭ ކަމެކެވެ.

ދިވެހިރާއްޖޭގައި މަރުގެ މައްސަލަތާއި ގުޅިގެން ދިޔަ ދިނުމަށް ހަމަޖެހިފައިވާ އުޞޫލު ބަޔާން ކޮށްފައިވަނީ، ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގައެވެ. ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބަލަހައްޓަވައި ފަނޑިޔާރު ޝުޢައިބު ޙުސެއިން ޒަކަރިއްޔާއާއި ފަނޑިޔާރު ހުސެއިން ޝަހީދު ބެންޗުގައި ހިމެނިވަޑައިގެންނެވި މި މައްސަލައިގާ ބުނެފައިވާ ގޮތުގައި ޤަވާއިދެއްގައި މިންވަރު ކަނޑައެޅިފައިވާ ކަންކަމުގައި ކޯޓުން އަމިއްލައަށް އެމިންވަރުތައް މަތިކޮށް ދަށް ކުރުމަކީ، ރަނގަޅު ކަމެއް ކަމަށް ނުބެލެވެއެވެ.

ދިވެހިރާއްޖޭގައި މަރުގެ މައްސަލަތާއި ގުޅިގެން ދިޔަ ދިނުމަށް ހަމަޖެހިފައިވާ އުޞޫލު ބަޔާން ކޮށްފައިވަނީ، ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގައެވެ. އެޤަވާއިދުގެ 76 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ  މުޚައްފަފު މަރުގެދިޔައަކީ އެއް ލައްކަ ރުފިޔާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މަރުގެ ދިޔަ ކަނޑައަޅަނީ އެ ގަވައިދުގެ ދަށުންނެވެ. އެއީ 1993 ވަނަ އަހަރުގެ ގަވައިދެކެވެ.

ގިނަ ޢިލްވެރިން ބަޔާން ކުރައްވާ ގޮތުގައި، ދިޔައަކީ، ޖަމަލާއި، ރަނާއި ރިހިން އަދި ފައިސާ އިން ދެވިދާނެ އެއްޗެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މަރުގެ ދިޔަ ރަނުން ނުވަތަ ރިހިން އަގުކޮށް ފައިސާ އިން ދެވިދާނެ ކަމަށް ޤަބޫލު ކުރެވެއެވެ. ކުރަންޖެހޭ ކަމަކީ އިސްލާމީ ބައެއް ގައުމުތަކަގުއި މަރުގެ ދިޔައިގެ މިންވަރު މުރާޖަޢާ ކުރާހެން އެކަން އަހަރުން އަހަރަށް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. އެއީ މިހާރުވެސް ޒަކާތުގެ ނިސާބު އަހަރަކު އެއް ފަހަރު އާއްމު ކުރާ އުސޫލުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް