ads
މާލެ މަގުމަތި----
ހަފުތާއެއްގެ ތެރޭގައި މާސްކް ނާޅައިގެން 278 މީހަކު ޖޫރިމާނާކޮށްފި
ހަފުތާއެއްގެ ތެރޭގައި މާސްކް ނާޅާ އުޅުނު 278 މީހަކު ޖޫރިމާނާކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މާސްކް އެޅުން މަޖުބޫރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. 

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ ހަޔަކުން މިއަދު ފަހަކާއި ދެމެދު މާލޭގެ މަގުތަކުގައި މާސްކް ނާޅާ އުޅުނު 137 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 62 މީހަކު ޖޫރިމަނާކުރެވުނު ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ޖުމްލަ 1356 މީހަކަށް ނަސޭހަތްދީފަ އެވެ. އަދި 278 ފަރާތެއް ޖޫރިމަނާކޮށްފަ އެވެ. 

މާސްކް އަޅަން މަޖުބޫރުކުރުމާއެކު މާސްކް ނާޅާ އާންމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް