ads
ނެހާ---
ކުރު ކަމަށް ބުނެ މަލާމަތްކުރުމުން ނެހާ ހިތުގައި ޖެހިއްޖެ
ބޮލީވުޑުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު ކުރު ކަމުން އޭނާއަށް މަލާމަތްކޮށްފިއެވެ.
ބޮލީވުޑުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު ކުރު ކަމުން އޭނާއަށް މަލާމަތްކޮށްފިއެވެ.

އޭނާ އަށް މަލާމަތްކޮށްފައިވަނީ މަޝްހޫރު ދެ ކޮމީޑިއަން އެއް ކަމަށްވާ ކީކޫ ޝަރްދާ އާއި ގޯރަވް ގެރާއެވެ. ޑރ. ޕްރާން ލެލޭ ނަމަކަށް ކިޔާ އެ ކޮމެދީ ޝޯ ތެރެއިން ނެހާ އަށް އެމީހުން މަލާމަތްކޮށްފައިވާއިރު ނެހާ ކުރުކޮށް ހުންނާތީ އެކަމަށް ވަނީ ޖޯކު ޖަހާފައެވެ.

އޭގެ އިތުރުން އޭނާ ކިތައްމެ ހަޑި ލަވައެއް ކި ނަމަވެސް ލަވަ ހިޓް ވާ ކަމަށް ވެސް ވަނީ އެޝޯތެރޭގައި ކިޔާފައެވެ. އެކަމާ ގުޅިގެން ނެހާގެ ސަޕޯޓަރުން ރުޅިގަދަވިއިރު ނެހާގެ ބޭބެ ޓޯނީ ކައްކަރުވެސް ހިތުގައި ހުރި އުދާސްތައް ހިއްސާކޮށްފައެވެ.

އެގޮތުން ނެހާ ކުރު ކަމުން އޭނާގެ ހަޔާތުގައި ވަރަށް ގިނަ ކަންތައްތަކާ ކުރި މަތިލާން ޖެހިފައިވާ ކަމަށާއި ކުރު ކަމުގެ އިތުރުން އޭނާގެ ލަވަކިޔުމުގެ ހުނަރަށް ވެސް ފާޑު ކިޔާފައިވާ ކަން ޓޯނީ ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅުގެން ނެހާ ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާގެ އިހުސާސްތައް ހިއްސާކޮށްފައެވެ. އެގޮތުން އެ މަލާމާތުގެ ސަބަބުން އޭނާ ވަރަށް ދެރަވެއްޖެ ކަމަށް ވަނީ ބުނެފައެވެ.

ނެހާ އެންމެ ފަހުން ފެނިގެން ދިޔައީ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވަ "ކުޗް ކުޗް ހޯތާ ހެ" އިންނެވެ. ގިނަ ރީތި ލަވަ ތަކެއް ހުށައަޅައިދީފައިވާ ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް