ads
ކެޓްރީނާ
ބޮލީވުޑްގެ 100 ނެށުންތެރިންނަށް ކެޓްރީނާގެ މާލީ އެހީ
ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އެ އިންޑަސްޓްރީގެ ބެކްގްރައުންޑް ޑާންސާސްގެ ގޮތުގައި މަސައްކަތް ކުރާ 100 ނެށުންތެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އިންޑިއާގެ ނޫހެއްގައި ވާގޮތުން ކެޓްރީނާ ވަނީ އެ ނެށުންތެރިންގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްފަ އެވެ. 

ކެޓްރީނާގެ ފަރާތުން ލިބުނު މާލީ އެހީގައި އެ ނެށުންތެރިން ދަނީ ތަފާތު ގިނަ ކަންތައްތަކެއް ކުރަމުން ނެވެ. 

އެގޮތުން އެ ނެށުންތެރިން ވަނީ ބިއުޓީ ސާވިސަސް އާއި ގޭގައި ޗޮކޮލެޓް ހަދައިގެން ވިއްކުން ފަދަ ކަންތައްތައް ކުރަން ފަށާފައި ކަމަށް ނެށުންތެރިންނާ އެކު މަސައްކަތް ކުރާ މީހަކު ވަނީ ބުނެފަ އެވެ. 

ކެޓްރީނާގެ ފަރާތުން މާލީ އެހީތެރިކަން ލިބުނު ނެށުންތެރިއެއް ކަމަށްވާ ހީތަލް ވަނީ ކޮންމެ ދުވަހެއްގެ ފަތިހު 3:00 ގައި މާރުކޭޓަށް ގޮސް ތަރުކާރީ ގަނެގެން އައިސް އާންމުންނަސް ތަރުކާރީ ވިއްކަން ފަށައިފަ އެވެ. އޭނާ ވަނީ މިއީ އޭނާ ވަރަށް ބޮޑު ރިސްކެއް ނަގައިގެން ކުރާ ކަމެއް ކަމަށާއި ތަރުކާރީ ގަންނަން ފަތިހު ދާއިރު، އޭނާ ދަނީ އޭނާގެ ދަރިން އެކަނިމައި އެކަނި ގޭގައި ބާއްވާފައި ކަމަށް ވެސް ބުނެފަ އެވެ.

ބޮލީވުޑްގެ ތަރިން މަޑުމަޑުން ފިލްމުތަކުގެ ޝޫޓިންތަކަށް ނުކުންނަން ފަށާފައި ވީނަމަވެސް ނެށުންތެރިންނަށް މަސައްކަތަށް ނުކުމެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ފިލްމު ތަކުގެ ޝޫޓިންތައް ފެށި ނަމަވެސް ލަވަތަކުގެ ޝޫޓިން ފަށާނެ ތާރީހެއް އަދި ނޭނގެ އެވެ. 

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެޓްރީނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ. 

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބާރަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސޫރްޔަވަންޝީ" އިންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ އަކްޝޭ ކުމާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް