ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ--
މިމަހު 20 ގައި މޯލްޑިވިއަން އިން ބޭންކޮކަށް ދަތުރު ކުރާނެ
އޮގަސްޓް މަހުގެ 20 ވަނަ ދުވަހަށް މޯލްޑިވިއަންގެ ފްލައިޓެއް ތައިލޭންޑުގެ ވެރިރަށް ބޭންކޮކަށް ތާވާލު ކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ ފްލައިޓް ގައި ބޭންކޮކަށް ދާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓިކެޓް ގަންނަން ޖެހޭނެ ކަމަށެވެ. 

އެގޮތުން ފްލައިޓް އާއި ބެހޭ އިތުރު މައުލޫމާތު އަދި ޓިކެޓް ބުކް ކުރުމަށް އެ ކުންފުނީގެ 3334455 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް މޯލްޑިވިއަން އިން ބުނެ އެވެ. 

ބެންކޮކަށް އެތެރެވާއިރު ތައިލެންޑަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ އޮންނަން ޖެހެ އެވެ.

ބޭންކޮކަކީ ދިވެހިންގެ މެދުގައި ވިޔަފާރި ކުރުމަށާއި، ޗުއްޓީ ހޭދަކުރުމަށް އަދި ޑޮކްޓަރަށް ދައްކަން ދިއުމަށް ވެސް މަގްބޫލު މަންޒިލެކެވެ. 

ކޮވިޑް-19 ގެ ސަބަބުން މޯލްޑިވިއަން އިން ބޭންކޮކަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލި ނަމަވެސް އޭރު މޯލްޑިވިއަން އިން ބޭންކޮކަށް ހަފްތާ އަކު ހަ ދަތުރު ކުރެ އެވެ. 

އޮގަސްޓް 20 ވަނަ ދުވަހު ބޭންކޮކަށް ދާ މޯލްޑިވިއަން ގެ ފްލައިޓުން އެ ގައުމުގައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވާ މީހުންނަށް ރާއްޖެ އާދެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް