ads
އުތީމު އައު އިންޖީނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
ފެނަކައިން ދަނީ މިހާރުވެސް ތަރައްގީގެ 51 މަޝްރޫއެއް ކުރިއަށް ގެންދަމުން
މިދުވަސްވަރު ވެސް ފެނަކަ ކޯޕަރޭޝަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް އެ ކުންފުނީގެ ތަރައްގީގެ މަޝްރޫއުތައް ދަނީ ކުރި އަށެވެ. 

ހދ. އަތޮޅުން ފެށިގެން ގދ އަތޮޅަށް ޖުމްލަ 51 މަޝްރޫއެއް މިހާރު އެކުންފުނިން ކުރިއަށް ގެންދެ އެވެ. 

ފެނަކަ އިން ފަށާފައިވާ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ ނެޓްވޯކް ޑިސްޓްރިބިއުޝަންގެ މަސައްކަތްތަކާއި ސިވިލް ވޯކްގެ މަސައްކަތްތަކެވެ. 

މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ނެޓްވޯކް ޑިސްޓްރިބިއުޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ދޮންފަނު، ޅ. ނައިފަރު، ޅ. އޮޅުވެލިފުުށި، ދ. ކުޑަހުވަދޫ، ތ. ކަނޑޫދޫ، ތ. ދިޔަމިނގިލި އަދި ލ. ގަމުގަ އެވެ. 

މި ރަށްތަކަށް ވެސް ނެޓް ވޯކްތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ކޭބަލްތައް މިހާރު ރަށްރަށް ފޮނުވާފައި ވާއިރު، ގިނަ ރަށްތަކުގައި ކޭބަލް އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުން ނެވެ. މި ރަށްތަކުގެ ތެރެއިން ބ. އަތޮޅު ދޮންފަނު ފިޔަވާ އެހެން ހުރިހާ ރަށެއްގައި ކުރިއަށް ދަނީ ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. ދޮންފަނު ގައި ކުރިއަށް ދަނީ އެ ރަށުގެ އިންޖީނުގެ ހުރި ތަން ބަދަލު ކުރުމުގެ މަސައްކަތެވެ. 

މީގެ އިތުރުން، ފެނަކަ އިން ކުރިއަށް ގެންދާ 41 މަޝްރޫއު ކުރިއަށް ގެންދާ ރަށްތަކަކީ، ހއ. އުލިގަމު، ހއ. އުތީމު، ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ށ. ނަރުދޫ، ށ. ފޯކައިދޫ އާއި އެ އަތޮޅު ބިލެއްފަހީގެ އިތުރުން މިލަންދޫ، ކޮމަންޑޫ، އަދި މާއުނގޫދޫ އާއި ނ. މަނގޫދޫ، މިލަދޫ، ކެނދިކުޅުދޫ، ޅޮހި، ފޮއްދޫ އާއި ހޮޅުދޫ ގެ އިތުރުން ރ. އަތޮޅު ފައިނު، އެ އަތޮޅު ރަސްމާދޫ އަދި ކިނޮޅަހެވެ.

އޭގެ އިތުރުން، ބ. އަތޮޅު ދޮންފަނު، ފުޅަދޫ، ތުޅާދޫ، ހިތަދޫ، ޅ. ހިންނަވަރު، މ. ވޭވަށް، މ. ނާލާފުށި، ފ. ބިލެއްދޫ، ފ. ފީއަލި، ފ. މަގޫދޫ، ދ. ހުޅުދެލި އަދި ލ. ފޮނަދޫގެ އިތުރުން، ގއ. މާމެންދޫ އާއި އެއަތޮޅު ނިލަންދޫ، ކޮނޑޭ، ގެމަނަފުށި، ދެއްވަދޫ އާއި ވިލިނގިލީގައި ވެސް މި މަޝްރޫއުތައް ކުރިއަށް ގެންދެ އެވެ. އަދި ގދ. ތިނަދޫ އާއި ނަޑެއްލާގެ އިތުރުން ފިޔޯރީ ގައި ވެސް ފެނަކަ އިން ދަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. 

އެ މަޝްރޫއު ތަކުގެ ތެރެއިން 19 މަޝްރޫއެއްގެ މަސައްކަތުގެ ބޮޑުބައެއް ވެސް ވަނީ ނިމިފަ އެވެ. މި މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ އިންޖީނުގެތައް ހުރިތަން ބަދަލު ކުރުމާއި، އޮފީސް އިމާރާތްތައް އެޅުމާއި އޮފީސް އިމާރާތްތަކުގެ ވަށާފާރު ލުމުގެ މަސައްކަތްތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް