ads
އައްޑޫސިޓީ ހިތަދޫ--
ހިތަދޫ އިން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ސ. ހިތަދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭ ގޮތުގައި ހިތަދޫ އިން ޕޮޒިޓިވްވެފައި ވަނީ އުމުރުން 58 އަހަރުގެ އަންހެނެކެވެ. 

އެމީހާ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ޓެސްޓު ހެދުމުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

ހިތަދޫ އިން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެ އައްޑޫ ގައި ހޯމް ކަރަންޓުނުގައި ތިބި އިތުރު ދެމީހަކު ވެސް ވަނީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އައްޑޫ ސިޓީގެ ހިތަދޫ މިހާރު މޮނިޓޓަރިންގެ ހާލަތުގައި އޮތް އިރު، ރަށް މޮނިޓަރިންނަށް ލާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. 

އެރަށް މޮނިޓަރިންގެ ހާލަތަށް ލުމާއެކު ރަށުގައި މިވަގުތު ތިބި ފަރާތްތަކަށް އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށަށް ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި މީހުން ރަށަށް އެރުން މަނާވާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް