ads
ރިއާ—
ރިއާ ގެއަށް އައިސް ވަންނަ އިރަށް މުޅި މާހައުލު ބަދަލުވޭ: ސާބިރު
އެންމެން އެއްތަނެއްގައި ތިބޭއިރު ސުޝާންތު ހުންނަނީ ވަރަށް އުފަލުން ކަމަށާއި އެހެންނަމަވެސް ރިއާ އައިސް ވަންނައިރަށް މުޅި މާހައުލު ބަދަލުވާކަމަށް ސުޝާންތުގެ ކުރީގެ އެސިސްޓެންޓް ސާބިރު އަހުމަދު ބުނެފި އެވެ.

ސުޝާންތުގެ މުޅި ޓީމް އެމީހުންގެ ވަޒީފާތަކުން ރިއާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަޑާލާފައި ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެ ވަޒީފާތަކަށް ފަހުން ނަގާފައި ވަނީ ރިއާ ބޭނުންވާ މީހުންކަމަށް ވެސް ބުނެ އެވެ. 

ސުޝާންތުގެ މައްސަލައާއި ގުޅޭ އެކި އެކި ވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ދައްކަމުން އަންނައިރު އެންމެ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން މިވަގުތު އަމާޒްވެފައިވަނީ ރިއާ އަށެވެ.

އެގޮތުން ސުޝާންތުގެ ކުރީގެ އެސިސްޓެންޓް ސާބިރުވެސް މިވަނީ ރިއާ އާއި އިދިކޮޅު ވާހަކަތަކެއް ހާމަ ކޮށްފައެވެ.  

ސާބިރު ބުނީ ރިއާ ވަނީ ސުޝާންތު ދިރިއުޅުން ހިސޯރުކޮށް އޭނާގެ މުށުތެރެއަށް ލާފިއްތާލާފައި ކަމަށެވެ. ރިއާ ބޭނުން ނުވާގޮތަކަށް ފިޔަވަޅެއްވެސް ސުޝާންތަށް ނޭޅޭނެކަމަށް ސާބިރު ބުނެފައިވެ އެވެ.

ސުޝާންތުގެ އެހީތެރިންގެ ގޮތުގައި ތިބި މީހުން، ވަޒީފާތަކުން ދުރުކޮށްފައިވާއިރު ފަހަކަށް އައިސް ސުޝާންތު ކާންޖެހޭ ބޭސް ވެސް ދެނީ ރިއާކަމަށް ރިޕޯޓްތައް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް