ads
ޑްރެގަން ފްރުޓް
ޑްރެގަން ފްރުޓް: ފައިދާއިން ފުރިފައިވާ މޭވާއެއް!
ކުލަ ރީތި ޑްރެގަން ފްރުޓަކީ ކެއުމުގެ އިތުރުން ހަންގަނޑަށްވެސް ރަނގަޅު މޭވާއެކެވެ. ޑްރެގަން ފްރުޓުން ތަފާތު ފައިދާތަކެއް ވެސް ލިބޭއިރު އެމޭވާ ކާން ނުވަތަ ހަންގަނޑަށް ބޭނުންކުރަންވީ ސަބަބުތަކެއް ކިޔައިދޭނަމެވެ.

ވިޓަމިން ސީ އިން ފުރިފައިވާ ޑްރެގަން ފްރުޓަކީ ބިހި ނަގާނަމަ ހަންގަނޑަށް ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. ފުރަތަމަ ކަމަކަށް މޭވާގެ އެތެރެ ބައި ނެގުމަށްފަހު ބިހި ނަގާ ތަންތަނުގައި އުނގުޅާނީ އެވެ.

ޑްރެގަން ފްރުޓަކީ ހަމައެކަނި ހަންގަނޑަށް އަލި ކަމެއް ގެނެސްދޭ މޭވާއެއް ނޫނެވެ. މިއީ ސަން ބާން އަށް ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. އެގޮތުން އެ މޭވާގެ ހަތަރު ބައި ކުޅަ އެއްބަޔާއި ވިޓަމިން އީ ގުޅަޔަކާއި މިކްސް ކުރާނީ އެވެ. އަދި ހަންގަނޑުގައި އުނގުޅުމަށްފަހު 15 މިނެޓް ވަނދެން ބަހައްޓާނީ އެވެ. އެއަށްފަހު ފިނި ފެނުން ދޮވެލާށެވެ.

ޑްރެގަން ފްރުޓަކީ މޮއިސްޗަރައިޒް ކޮށްދޭ އެއްޗެއްވެސް މެއެވެ. ސަބަބަކީ އެ މޭވާއަކީ 80 އިންސައްތަ ފެނެވެ. އަދި އެ މޭވާއަކީ މީހާ ޒުވާންކަން މަތީގައި ދަމަހައްޓައިދޭން މަސައްކަތް ކުރާ އެއްޗެއްވެސް މެއެވެ. އެގޮތަށް އެކަން ކުރުމަށް ބައި ސަމްސާ ޑްރެގަން ފްރުޓް އެއް ސަމްސާ ޔޯގަޓާއި އެއްކުރާނީއެވެ. އަދި އެ މޭވާ ރަނގަޅަށް ޗިސްކޮށް، ޔޯގަޓާއި މިކްސް ވުމުން މޫނުގައި އުނގުޅާލާނީއެވެ. އަދި ލޮލުގެ ތިރީގައި ތަންކޮޅެއް ގިނައިން ލާނީއެވެ. 15 މިނެޓަށް ބަހައްޓާފައި ދޮވެލާށެވެ.

ޑްރެގަން ފްރުޓަކީ ކާންވެސް ރަނގަޅު މޭވާއެކެވެ. ވިޓަމިން ސީއިން މުއްސަންދި އެ މޭވާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. އަދި އެއީ ޕެތޮޖެން ސެލްސް މަރާލުމުގައި އެހީތެރިވެދީ، ވައިޓް ބްލަޑް ސެލްސް އިތުރުކޮށްދޭ އެއްޗެއްވެސް މެއެވެ.

އޭގެ އިތުރުން 80 އިންސައްތަ ފެނުން ފުރިފައިވާ ޑްރެގަން ފްރުޓަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. އެ މޭވާއަކީ ފައިބަރުން ފުރިފައިވާ މޭވާއެއްވެސް މެއެވެ. އަދި އަޔަން އެކުލެވިގެންވާ ޑްރެގަން ފްރުޓަކީ އެނީމިއާ ފަދަ ބައްޔަށް ރަނގަޅު އެއްޗެއް ކަމަށްވެސް ބުނެ އެވެ. ޑްރެގަން ފްރުޓްގެ ތޮށިގަނޑަށް ބަލާލިނަމަވެސް އެއީ އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ އެއްޗެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް