ads
އޮސްޓްރޭލިއާގައި ކޮވިޑަށް ޓެސްޓުކުރަނިކޮށް
19 މީހުންގެ މަރާއެކު އޮސްޓްރޭލިއާގައި ކޮވިޑުގައި އެންމެ ގިނަ ބަޔަކު މަރުވީ މިއަދު!
އޮސްޓްރޭލިއާގެ މެލްބަންއަށް ކޮވިޑްގެ ދެވަނަ ރާޅެއް ފޯރައި ދުވާލެއްގެ މަތިން އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަސް ރިކޯޑުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ވިކްޓޯރިއާގައި 24 ގަޑިއިރުގެ ތެރޭގައި 19 މީހުން މަރުވި ކަމަށް އެގައުމުން މިއަދު ރިޕޯޓުކޮށްފައިވެ އެވެ. އޮސްޓްރޭލިއާގައި ރިކޯޑްކުރެވިފައިވާ 314 މަރުގެ ތެރެއިން އޭގެ ތިން ބައި ކުޅަ ދެބައި މަރު ފެނިފައިވަނީ ވިކްޓޯރިއާގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެގޮތުން އެ ގައުމުގައި ގާތްގަނޑަކަށް 21،400 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިކޯޑްކޮށްފައިވެއެވެ.

އޮސްޓްރޭލިއާގައި ދުވާލެއްގެ މަތިން އެތައް ސަތޭކަ މީހުންނަށް ކޮވިޑް ޖެހުނު ނަމަވެސް ކުރިއާ ހިލާފަށް ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އެއީ އެގައުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުނަކަށް ދިއުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެ އެވެ. 

މެލްބަންގެ ދެވަނަ ލޮކްޑައުން މީގެ މަހެއް ކުރިން ފެށުނު ނަމަވެސް މިމަހުގެ ތިނަކުން ފެށިގެން އެގައުމުގައި ހަރުކަށި ފިޔވަޅުތަކެއް އަޅާ، ރޭގަނޑުގެ ވަގުތުގައި ކާފިއުވެސް އަންނަނީ ހިންގަމުންނެވެ. 

އެގޮތުން ހުއްދައަކާއި ނުލާ ބޭރަށް ނިކުތުން މަނާކޮށް މާސްކް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ.

އެހެން ގިނަ ގައުމުތަކާއި އަޅާބަލާއިރު އޮސްޓްރޭލިއާގެ ހާލަތު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. އެއީ އެ ގައުމުގައި ކުރީކޮޅު ކޮވިޑާއި ދެކޮޅަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މީޑިއާތަކުން ބުނެއެވެ. ނަމަވެސް ޖޫން މަހު ލޮކްޑައުނަށް ދިން ލުއިތަކާއެކު އެ ގައުމުގެ މެލްބަންގައި ކޭސްތައް ފެންނަމުންދާ ވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ކޭސްތަކުގެ 70 އިންސައްތަ ފެނިފައިވަނީ އެ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް