ads
އެމްޑީޕީގެ ހަތަރު ކެޑިޑޭޓަކު ނަން އަބުރާ ގެންގޮސްފައިވޭ—
އެމްޑީޕީގެ ހަތަރު ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ހަތަރު ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. 

އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ، ގދ. ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ނަންބަރު 10، ގދ. ގައްދޫ؛  ފާތިމަތު   އީނާސް (އީނާ) އާއި ގދ. ގައްދޫ، ކުރެދިމާގެ އެމްޑީޕީގެ ކެޑިޑޭޓް ނަންބަރު 01 މަރްޔަމް މުހައްމަދު (މަރިޔަމް މަނިކް) ގެ އިތުރުން، ގއ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ނަންބަރު 05، ސުހާނާވިލާ، ސަލްމާއެވެ. 

އަދި މީގެ އިތުރުން ށ. ކަނޑިތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ނަންބަރު 10، ށ. ކަނޑިތީމު، ބަހާރުގެ، ފާޠިމަތު ޝާމިލާއެވެ.  

ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިމިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަން މިކޮމިޝަނުން ހުޅުވާލުމާއި ގުޅިގެންނެވެ.  

އެމްޑީޕީގެ ހަތަރު ކެޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައި ވީނަމަވެސް އިތުރު ޕާޓީއެއްގެ ކެޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް