ads
ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ސެންޓްރަލް އޭރިއާގައި ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 3 އިފްތިތާހްކޮށްފި
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް - 3 އިފްތިތާހް ކޮށްފިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސާވިސް ސަޕޯޓް ކޮމްޕޯނަންޓް ތިނެއް އިފްތިތާހް ކޮށްފިއެވެ.

މިކަމަށްޓަކައި ސެންޓްރަލް އޭރިއާ ހެޑްކުއޯޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ސާވިސް ސަޕޯޓް ކޮމްޕޯނަންޓް – 3 އިފްތިތާހުކޮށްދެއްވީ އެމްއެންޑީއެފް ސާވިސްކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީޤެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސާވިސް ސަޕޯޓް ކޮމްޕޯނަންޓެއް އުފެދުމާއެކު، އެ އޭރިއާގައި އެމްއެންޑީއެފް މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، ސިގްނަލްސް، އަދި ކުއޯޓާ މާސްޓާ ސާވިސް އިން ދެމުންގެންދާ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކުރެވިގެންދާނެއެވެ.



މިއީ މިއަހަރު ސިފައިންގެ އަހަރީ ދުވަހު، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނެރެދެއްވި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓަރިން" ގެ ދަށުން ގެންނަމުންދާ ބަދަލެކެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެ އިންތިޒާމުތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ސެންޓްރަލް އޭރިއާގައި، ސާވިސް ސަޕޯޓް ކޮމްޕޯނަންޓް – 3 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ކާނަލް މުހައްމަދު އިބްރާހީމާއި އޭރިއާގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް