ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް-19 އަށް ސަރުކާރުން ކުރި ހަރަދު 1.1 ބިލިއަނަށް
ކޮވިޑް-19 އަށް 1.1 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިިނިސްޓްރީގެ "ވީކްލީ ކޮވިޑް-19 ސްޕެންޑިން" ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން އޮގަސްޓް ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް ކޮވިޑް-19 ގެ އެކި އެކި ކަންކަމަށް 703 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިހާތަނަށް ކޮވިޑް-19 އަށް ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ އޮތޯރިޓީ އެވެ.

އޭގެ އިތުރުން، ހެލްތު މިނިސްޓްރީ މެދުވެރިކޮށް ކޮވިޑް-19 ގެ އެކި ކަންކަމަށް ސަރުކާރުން މިހާތަނަށް 166.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ އިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަރަދުކޮށްފައި ވަނީ 37.3 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާސް އިން މިހާތަނަށް ހަރަދުކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާ އެވެ. 

ކޮވިޑް-19 ގެ ސަބަބުން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ކޮށްފައިވާ ހަރަދު ދެ މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކޮށްފައިވާ ހަރަދު 2.7 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.  

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮވިޑް-19 ގެ އެކި ކަންކަމަށް 13.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެ މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މީގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮވިޑް-19 އަށް ކުރާ މަސައްކަތްތަކަށް އޮގަސްޓް ހަ ވަނަަ ދުވަހުގެ ނިޔަލަށް 62.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހަރަދުކޮށްފައި ވަނީ 4.8 މިލިއަން ރުފިޔާ އެވެ. 

ނެޝަނަލް ޑްރަގް އެޖެންސީ އިން ހަތަރު ލައްކަ ރުފިޔާ ހަރަދުކޮށްފައި ވާއިރު، މޯލްޑިވްސް އިމިގްރޭޝަން އިން އޮގަސްޓް ހަ ވަަނަ ދުވަހާއި ހަމައަށް ހަރަދުކޮށްފައި ވަނީ ހަތް ލައްކަ ރުފިޔާ އެވެ. 

ވީކްލީ ކޮވިޑް-19 ސްޕެންޑިން އިން ދައްކާ ގޮތުން ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން އޮގަސްޓް ހަ ވަނަ ދުވަހުގެ ނިޔަލަށް 84.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލެމެންޓޭޝަން ފަންޑުން 27.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ޒަކާތު ފަންޑުން ހަރަދުކޮށްފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ކޮވިޑް-19 އަށް ކުރަމުންދާ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ. މި ސާމާނަށް ސަރުކާރުން ވަނީ 507.6 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް