ads
ފޮޓޯ:އެމްޓީސީސީ
ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގެ އެއްގަމުތޮށި ލައި ނިމިއްޖެ
ގދ. ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމިފައި ވަނީ އޮގަސްޓް ހަތަރު ވަނަ ދުވަހު ކަމަށެވެ. 

އެ މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ. 

އެ މަޝްރޫއުގެ ދަށުން 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ވަނީ ފުންކޮށްފަ އެވެ. އަދި 1859 ކިއުބިކް މީޓަރު ސަރަހައްދެއްގެ ފަޅު ފުންކޮށްފައި ވާއިރު، 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށި ވަނީ ލާފައި އެވެ. 

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފަ އެވެ. 

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް ހަތަރު ވަނަ ދުވަހު ފަށާފައި ވާއިރު، މި މަޝްރޫއަށް ސަރުކާރުން 21 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް