ads
އައްޑޫސިޓީ ހިތަދޫ--
އައްޑޫ އިން އިތުރު މީހަކު ކޮވިޑަށް ޕޮޒިިޓިވް
އައްޑޫ ސިޓީ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރައިފި އެވެ.

މިއަދު ވެސް އައްޑޫ ހިތަދޫން ޒުވާނަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓްކުރި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުންނެވެ. 

އެއާއެކު އެރަށުން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އެރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން ރެންޑަމް ސާމްޕަލެއް ނެގި އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. 

އޭގެ ފަހުން އައްޑޫ ހައި ސްކޫލުގައި ހަދާ އިމާރާތެއްގެ މަސައްކަތްކުރަން އެރަށަށް ދިޔަ ބިދޭސީއަކަށް ކޮވިޑް ޖެހުނުއިރު ފަހުން ވަނީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި އަންހެނަކަށް ވެސް ކޮވިޑް ޖެހިފަ އެވެ. 

އެއާއެކު އައްޑޫ ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ނަމަވެސް އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތު އުވާލާފަ އެވެ. 

މީގެ ކުރިން އެރަށުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ރަށްރަށަށް މީހުން ހޯމް ކަރަންޓީނުވުމަށް ފޮނުވަން ފެށިތަނާހެންނެވެ. އެ ފަހަރު ޕޮޒިޓިވްވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް