ads
ޅ. ނައިފަރު
ނައިފަރުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ޅ. ނައިފަރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ އިބްރާހީމް ސީއެންއެމްއަށް ވިދާޅުވީ ނައިފަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ. 

އަބްދުﷲ ވިދާޅުވި ގޮތުގައި އެ މީހާއަކީ "ނެގައާރު" ކިޔާ ބޯޓެއްގެ ކުރޫ އެކެވެ. އަދި އެމީހާއަކީ 30 އަހަރާއި 40 އަހަރާ ދެމެދުގެ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ނައިފަރު ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ އެމީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މީގެ ދެ ދުވަސް ކުރިން ހެދި ޓެސްޓުގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ. 

އެ މީހާ މިވަގުތު ހުރި ސެލްފް އައިސޮލޭޝަންގައި އެމީހާ އުޅެމުން އަންނަ އެޕާޓްމަންޓުގައި ކަމަށް ވެސް ވިދާޅުވި އެވެ. 

އަބްދުﷲ ވަނީ ޕޮޒިޓިވްވި މީހާ އަކީ ވަރަށް ގިނަ މީހުންނާއި ކޮންޓެކްޓްވެފައިވާ މީހެއް ކަމަށާއި އެގޮތުން އެމީހާއަކީ ބޯޓުގައި މަސައްކަތްކުރާ މީހެއް ކަމުން ކާން ދަނީ ހޮޓާ ރެސްޓޯރެންޓްތަކަށް ކަން ވެސް ފާހަގަކުރެއްވި އެވެ.

ނައިފަރުން މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އެ އަތޮޅު ހިންނަވަރުން ވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް