ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހޯދަނީ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހޯދުމުގެ މަަސައްކަތް ފަށައިފި އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދުމުގެ މަަސައްކަތް މިހާރު ކުރަމުން އަންނައިރު މިހާތަނަށް ވިހި މެމްބަރަކު ސޮއި ކޮށްފައިވެ އެވެ. އަދި އެ ލިސްޓުގައި އެންމެ ކުރިން ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެ އެވެ. 

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން ސަބަބަކާހުރެ ކަން ސާފެއް ނުވެ އެވެ. މިހާތަނަށް މި މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެއް ނުވެ އެވެ. 

ވަޒީރެއްގެ އިތުރުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ ދިހަ މެމްބަރުން ސޮޔެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު 65 މެމްބަރުންނާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް