ads
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް--
ސަރުކާރުގެ އެހީ އިން ރައްޔިތުންނަށް ފައިދާއެއް ނުކުރޭ، ރައްޔިތުން ތިބީ ބިކަވެފައި: ޝިޔާމް
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ މާލީ އެހީ އިން ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ފައިދާ އެއް ނުވާ ކަމަށާއި ރައްޔިތުން ތިބީ ބިކަވެފައި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެ އަށް ފޯރުކޮށްދެމުން އަންނަ އެހީތަކާއި ލޯނުތަކުގެ ތަފްސީލާއި އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލު ދޭން ސަރުކާރަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައްވަމުން ނެވެ. 

ޝިޔާމް ވިދާޅުވީ، މިގޮތަށް ސަރުކާރަށް މިހާތަނަށް ލިބިފައިވާ އެހީގެ އަދަދު 24.2 ބިލިއަން ރުފިޔާ އަށް އެރިކަމުގަވީ ނަމަވެސް ދިވެހި ރައްޔިތުން ތިބީ ބިކަވެފައި ކަމަށެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ އެމީހުންގެ އާމްދަނީ ލިބޭނެ ގޮތެއް ނެތި، ދައްކަން ޖެހޭ ބިލްތައް ވެސް ދައްކާނެ ގޮތެއް ނެތިފައި ކަމަށެވެ. 

ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުން ގުރުބާން ކުރުމަށް ފަހު ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން ފަށާފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. ކަން މިހެން ހުރުމުން އެހީގެ ގޮތުގައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމުގެ ޝަކުވާ އެތައް ހާސް ރައްޔިތުންނެެއް ކުރަމުން އަންނަ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާގެ އެހީތައް ސަރުކާރުން ހާމަކޮށްފައި ވީނަމަވެސް ސަރުކާރުން އެ ފައިސާ ހޭދަކުރަމުންދާ ގޮތުގެ ތަފްސީލު ހާމަ ކުރަމުން ނުދާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. 

ޝިޔާމް ވަނީ މިފައިސާ ތަކުގެ ތަފްސީލު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަ ކޮށްދެއްވުމަށް ގޮވާލާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް