ads
އެސްޑީއެފްސީ--
ދަނޑުވެރި ނަފާ ލޯނުގެ ދަށުން 4.7 މިލިއަން ރުފިޔާ ދޫކުރަނީ
ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި 4.7 މިލިއަން ރުފިޔާ 17 ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ބޭންކުން ބުނެފި އެވެ.

އެސްޑީއެފްސީއާއި ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއާއި ގުޅިގެން ދޫކުރާ އެ ލޯނަކީ ދަނޑުވެރިކަމުގެ އިގްތިސާދު ފުޅާކުރުމުގެ އިތުރުން އިންވެސްޓް ކުރެވޭނެ މަގުތައް ފަހިކޮށްދޭނެ އެއްޗެއް ކަމަށް އެސްއެމްއީން ބުނެއެވެ.

އެސްއެމްއީއިން ބުނީ ދަނޑުވެރި ނަފާ ލޯނުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށާއި ލައިވްސްޓޮކް ފާމިންގް އަދި ގަސް އުފައްދާ ނާސަރީތައް ގާއިމް ކުރުމަށް އިންވެސްޓް ކުރެވޭނެ ކަމަށެވެ.

ހަ އިންސައްތައިގެ އިންޓްރެސްޓާއި އެކު ދޫކުރާ އެ ލޯނު ހަތް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހެއެވެ. އަދި އޭގެ ކުރިން ލޯނު ނުދެއްކިއްޖެ ނަމަ 12 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށް އެސްއެމްއީން ބުނެއެވެ. ލޯނުގެ ގޮތުގައި އެންމެ މަދުވެގެން 75،000 ރުފިޔާ ނެގޭއިރު އަމިއްލަ ފަރުދުންނަށް 500،000 ރުފިޔާއާއި ހަމައަށް ލޯނު ނެގެއެވެ. އަދި ކުންފުނިތަކަށް 2،000،000 ރުފިޔާއާއި ހަމައަށް ލޯނު ނެގެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް