ads
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް---
ގައުމެއްގެ ވެރިކަން އެއްފަހަރާއި ދެމީހަކަށް ނުކުރެވޭނެ، ނިކުންނާނީ ހުސް ގޯސް: ރޮޒައިނާ
ގައުމެއްގެ ވެރިކަން އެއްފަހަރާއި ދެމީހަކަށް ނުކުރެވޭނެ ކަމަށާއި އަދި އެކަން ކުރާނަމަ ނިކުންނާނީ ހުސް ގޯސް ނަތީޖާ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ އެހެން ވިދާޅުވެފައި ވަނީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓްވީޓަކާއި ގުޅިގެން މީހަކު ދިން ރައްދަކާއި ގުޅިގެންނެވެ.

މިއަދު ހެނދުނު ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށް ފަހު ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދީފައި ވަނީ އުނދަގުލަކާއި ނުލާއި މެނިފެސްޓޯގައިވާ ކަންކަން ހާސިލުކުރުމަށް ކަމަށެވެ. އަދި އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ އިދިކޮޅު ޕާޓީއަށް ހެދިގެން ރައީސް ޖެއްސުން ކުރަން ނޫން ކަމަށް ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން މީހަކު ކުރި ޓްވީޓަކަށް ރައްދުދެމުން ރޮޒައިނާ ވިދާޅުވީ، ގައުމެއްގެ ވެރިކަން އެއް ފަހަރާއި ދެމީހަކަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރަން އުޅޭނަމަ ނިކުންނާނީ ހުސް ގޯސް ކަމަށެވެ. އަދި އެމްޑީޕީ "ފުނޑާލަން" އުޅޭ ކަމަށް ކުރި ތުހުމަތާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ އެކަން ކުރަން އޭނާ ނޫޅުއްވާ ކަމަށެވެ. 

އަދި އޭނާ ކަހަލަ ނިމައްޗަކަށް އެކަން ނުކުރެވޭނެ ކަމަށާއި ޕާޓީ ފުނޑާލެވޭނެ ބޮޑުންނަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހުންނަވާނީ ޕާޓީ ލީޑަރު، ރައީސް ސޯލިހުގެ ފަހަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. 

ގައުމެއްގެ ވެރިކަން އެއްފަހަރާއި ދެމީހަކަށް ނުކުރެވޭނެކަމަށް ރޮޒައިނާ ވިދާޅުވިއިރު މީގެ ކުރިން އެތައް ބަޔަކު ވަނީ ރައީސް ސޯލިހު ވެރިކަމުގައި ހުންނެވި ނަމަވެސް ގައުމުގެ ކަންކަން ކުރިއަށް ދަނީ ރައީސް ނަޝީދު ބޭނުންވާ ގޮތަކަށް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފަ އެވެ. 

މިފަހުން އެމްޑީޕީގެ އެތެރޭގެ މައްސަލަތަކެއް ދިމާވެގެން އުޅޭކަމަށް އަޑުތައް އަރާފައި ވަނީ  އެމްޑީޕީގެ މެމްބަރުންތަކެއް އިސްވެ ތިއްބަވާ އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހަށް ވެއްދުމަށް ސޮއި ހޯދުމުގެ މަސައްކަތް ފެށި ހަބަރާއެކު އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިނިސްޓަރުގެ ދިފާއުގައި ޓްވީޓާގައި ވާހަކަ ދައްކަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް