ads
ފޮޓޯ: އިންޑިއާ ހައި ކޮމިޝަން
އިންޑިއާއާއި ރާއްޖެ އޮންނަ ގުޅުމަކީ އިންޑިއާ ކަނޑުގެ ފުންމިން ހުރި ގުޅުމެއް: މޯދީ
ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގާތް ގުޅުމަކީ އިންޑިއާ ކަނޑުގެ ފުންމިން ހުރި ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ އިންޑީއާއިން ރާއްޖެއަށް މިއަދު ދިން އެހީތައް ފާހަގަ ކޮށް އެކަމަށްޓަކާ އިންޑިއާއަށް ޝުކުރު އަދާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބުގައެވެ.

މޯދީ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސޯދަށް ވަމުން އަންނަ ގެއްލުން ކުޑަކުރުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމުދު އޮންނަ ޒަމާންވީ ގާތްގުޅުމަކީ އިންޑިއާ ކަނޑުގެ ފުންމިން ހުރި ގުޅުމެއް ކަމަށާ ދެގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން އަބަދުވެސް އޮންނާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ވޯދީ ވިދާޅުވިއެވެ.

އިންޑިއާއިން މިއަދު ވަނީ ރާއްޖެއަށް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖެއަށް ދިނުމާސްވެސް އިންޑިއާއިން ވަނީ ނިންމާފައެވެ.

މީގެއިތުރުން މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 400 މިލިއަން ޑޮލަރުގެ އެހީ ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް