ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 5494 އަށް
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5494 އަށް އަރައިިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މައުލޫމާތުދޭ ގޮތުގައި މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 128 މީހުންނެވެ. 

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެއްސަކާއި، ބަންގްލަދޭޝްގެ 35 މީހުންގެ އިތުރުން އިންޑިއާގެ ހަތަރު މީހަކާއި ސްރީލަންކާގެ ހަތަރު މީހުންގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ. 

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން ހުރިހާ އެންމެން ވެސް ޕޮޒިޓިވްވެފައި ވަނީ މާލެ އިން ކަމަށެވެ. 

އެގޮތުން މިހާރު 2553 މީހުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 2920 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

މިވަގުތު 156 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، މި ބަލީގައި 21 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް