ads
ހުޅުމާލޭގައި ކުރިއަށްދާ މުޒާހަރާ--
އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓް ޕްރޮޖެކްޓް ދޫކޮށްލަނީ
މުވައްޒަފުންގެ ދަތިކަމާއި ހުރެ އައިލެންޑް އެކްސްޕާޓް ކުންފުނިން ފުލުހުންގެ ފްލެޓުތައް ނުވަތަ ޕޮލްކޯ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ފުލުހުންގެ ފްލެޓުތަކުގެ މަަސައްކަތް ދޫކޮށްލަން ނިންމާފައި ވަނީ މުވައްޒަފުންގެ ދަތިކަން ވަަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް ކުންފުންޏަށް ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި އެވެ. 

އެމްޑީ ވިދާޅުވީ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ދޫކޮށްލާއި، ސިފްކޯ ފްލެޓް ނުވަތަ ސިފައިންނަށް ހާއްސަކޮށް އަޅާއި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަންދޭނެ ކަމަށެވެ. 

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން އައިލެންޑް އެކްސްޕާޓުން ނިންމިއިރު އެތަނުގެ ބޮޑު ބައި ވެސް މިހާރު އޮތީ ނިމިފަ އެވެ. 

ހުޅުމާލޭގައި ތަރައްގީކުރާ އެ ފްލެޓުތަކުގެ މަސައްކަތް ކުރުމަށް ގިނަ އަހަރުތަކެއް ނަގަމުން އަންނައިރު އެމަސައްކަތް ކުރިން ކުރި ނޫމަޑީގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އައިލެންޑް އެކްސްޕަށް ސިފްކޯ އާއި ޕޮލްކޯ ފްލެޓުތައް ހަވާލުކުރީ ނޫމަޑީގެ އަތުން ނެގުމަށް ފަހެވެ. 

ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އިމާރާތް ކުރަން އައިލެންޑް އެކްސްޕާޓުން ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ގެންގުޅުންނަމަވެސް އެމީހުންނަށް މުސާރަ ނުދޭ މައްސަލަ މިފަހުން ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މުސާރަ ނުދޭ މައްސަލައިގައި ދެ ތިން ފަހަރު ހުޅުމާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ. 

މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބައެއް މުވައްޒަފުން ކުންފުނި ދޫކޮށް އަނބުރާ ގައުމަށް ދާން ފަށާފައިވާއިރު އެކަމުގެ ސަބަބުން ކުންފުނިން ހިންގަމުން އަންނަ ފުލުހުންގެ ފްލެޓުގެ މަސައްކަތް ވެސް މިވަނީ ހުއްޓާލަން ޖެހިފަ އެވެ. މިދިޔަ ހަފުތާގައި އެމްޑީ އަނޮން ވިދާޅުވި ގޮތުގައި 40 އެއްހާ މުވައްޒަފުން އޭރު ވަނީ ފޮނުވާލާފަ އެވެ. 

ބިދޭސީ މުވައްޒަފުން އަނބުރާ ގައުމަށް ދާއިރު، އެއްވެސް މުވައްޒަފަކު އެމީހުންގެ މުސާރަ ނުލާ ގައުމަށް ނުދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ ކުންފުނިން މިހާރު މުވައްޒަފުންނަށް މުސާރަ ދެމުން އަންނަނީ ކުންފުނީގެ ބިން ވިއްކައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް