ads
ރަންބީރާއި އާލިއާ--
ރަންބީރުގެ ކޮނޑުގައި ބޯއަޅާލަން ނުކެރި އާލިއާ ލަދުން!
ފުރަތަމަ ފަހަރަށް ރަންބީރު ކަޕޫރާއި އާލިއާ ބަޓް، އެކުގައި ފެނިގެންދާނީ ފިލްމަކީ "ބްރަހްމަސްތުރާ" އެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ދެ ތަރިން ލޯބީގެ ގޮތުން ގުޅިފައިވާއިރު މީގެ 15 އަހަރު ކުރިން ވެސް ދެމީހުންނަށް އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމެކެވެ. އެކަމަކު އެކި ސަބަބުތަކާހުރެ ފިލްމު ނެރެފައި ނުވެވުން ނަމަވެސް އެ ފިލްމުގެ ފޮޓޯ ޝޫޓެއް ކުރިއަށް ގެންދިޔަ އެވެ.

ވަރަށް ކުރިން ރަންބީރު ދިން އިންޓަވިއުއެއްގައި ވަނީ އެ ފޮޓޯ ޝޫޓަށް ފަހު އޭނާއަކީ އާލިއާގެ ސަޕޯޓަރެއް ކަމަށް ބުނެފަ އެވެ. އެގޮތުން އެކްޓަރަކަށް ވުމުގެ ކުރިން ވެސް އާލިއާއަށް ތާއީދުކުރާކަން ފާހަގަކޮށް ރަންބީރު ވަނީ، އެހާ ހަގު އުމުރެއްގައި ވެސް އާލިއާ ވަނީ ކުޅަދާނަ އެކްޓިންނެއް ދައްކައިދީފަ ކަމަށް ބުނެފަ އެވެ.

އެ އިންޓަވިއުގެ ތެރެއިން އާލިއާ ވަނީ އޭނާ ރަންބީރަށް ދިމާވިއިރު އުމުރަކީ އެންމެ 11 އަހަރު ކަމަށާއި އެގޮތުން ފޮޓޯ ޝޫޓުގެ ތެރެއިން ރަންބީރުގެ ކޮނޑުގައި ބޯ އަޅަން ޖެހުން ކަމަށާއި އެކަމަކު އެކަން ކުރަން ވަރަށް ލަދުގަތް ކަމަށް ވެސް ބުނެފަ އެވެ.

އުމުރުން މިހާރު، 26 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް