ads
ފ. ނިލަންދޫ--
ހޯމް ކަރަންޓީނުން ދެ މީހަކު ޕޮޒިޓިވްވެ ނިލަންދޫއަށް އަރާ ފޭބުން މަނާކޮށްފި
ފ. ނިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެެނެސްފި އެވެ.

އެރަށު ކައުންސިލުގެ ނައިބް ރައީސް އަލީ މުހައްމަދު މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ދެ ގެއެއްގައި ހޯމް ކަރަންޓީނުގައި ތިބި އަންހެނަކާއި ފިރިހެނެކެވެ. 

އެމީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުން ކަމަށް ވެސް ވިދާޅުވި އެވެ. 

އަލީ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖެހި ފަހުން ކަމަށެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 5500 އާ ގާތްކުރާއިރު ހޯމް ކަރަންޓީނުގައި ތިއްބާ ވެސް އަތޮޅު ތެރޭގެ އެކި ރަށްރަށުން މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ރަށްރަށަށް ބަލި ފެތުރުން މަދުކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތައް ފިޔަވައި އިތުރު އެހެން މީހުން ހޯމް ކަރަންޓީނަށް ރަށްރަށަށް ނުފޮނުވާން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް