ads
ރިސޯޓަކަށް ފަތުރުވެރިން އަރާ މަންޒަރު
މަަހެއްގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
ކޮވިޑް-19 ގެ ސަބަބު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު 30 ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައިސްފި އެވެ.

އިމިގްރޭޝަނުން މައުލޫމާތުދޭ ގޮތުގައި ޖުލައި 15 ވަނަ ދުވަހުން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް 5،177 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. 

އެގޮތުން ބޯޑަރު ހުޅުވާލިމާިއ އެކު ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 1،701 ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން 15 ވަނަ ދުވަހަށް 3،476 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. 

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕާއި އެމެރިކާ އިން އަންނަ ފަތުުރުވެރިންނެވެ. 

މީގެ ކުރިން ރާއްޖެ އަންނަ ފަތުުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި އިންޑިއާ ހިމެނެ އެވެ. 

ރާއްޖެ އަންނަ ފަތުރުވެރިން އަށް ރާއްޖެ އަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރު ކުރުމަށް ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި އެވެ. 

އެގޮތުން ރާއްޖޭގެ ފަސް ހޮސްޕިޓަލަކުން ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ. އެއީ އައިޖީއެމް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، އައްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ. 

އޭގެ އިތުރުން ބައެއް ރިސޯޓްތަކުން ވެސް ފަތުރުވެރިންނަށް ޕީސީއަރު ޓެސްޓު ހެދޭ އިރު، ބައެއް އެއާޕޯޓްކުން ވެސް ޓެސްޓު ހެދޭނެ އެވެ. 

އަދި ސަފާރީ ތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ އެވެ. 

މިހާރުވެސް ރާއްޖޭގެ 60 އަށް ވުރެ ގިނަ ރިސޯޓު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުޅުވާފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީ އިން ވަނީ 70 އަށް ވުރެ ގިނަ ސަފާރީ އަށް ވެސް ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް