ads
ސެމީ ފައިނަލް މެޗުގެ ތެރެއިން
ސެވިއްޔާ ފައިނަލަށް- ޔުނައިޓެޑު ރަށަށް
ސެވިއްޔާ އަތުން ބަލިވެ، ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ. ސެވިއްޔާއާ ޔުނައިޓެޑުގެ މެޗު، ސެވިއްޔާ ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅެވުނު ޔޫރޮޕާ ލީގުގެ ސެމީގެ ފުރަތަމަ މެޗު ގެއްލި މުބާރާތުން ޔުނައިޓެޑް ކެޓީ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް ސެވިއްޔާއިން ފަހަތުން އަރައި ޖެހި ދެ ލަނޑުންނެވެ. މެޗު ކުރީކޮޅު ޔުނައިޓެޑަށް ކުރި ހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސްއެވެ. 

މިއީ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީއެވެ.

ސެވިއްޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗު އެއްވަރުކޮށްފައެވެ. އެއްވަރު ކުރި ލަނޑު ޖެހީ ސޫސޯއެވެ. އަދި މެޗު ނިމެން ފަނަރަވަރަކަށް މިނިޓަށްވެފައިވަނިކޮށް ލޫކް ޑި ޔޮންގެ ލަނޑުން ސެވިއްޔާ ފައިނަލް ކަށަވަރުކުރީ އެވެ. ފައިނަލްގައި ސެވިއްޔާ ބައްދަލުކުރަން ޖެހޭނީ އިންޓަ މިލާނާއި ޝަޚްތަރު ޑޮނެސްކް މެޗުން މޮޅުވާ ބަޔަކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް