ads
ރައީސް ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް-- ފޮޓޯ: ވަން އޮންލައިން
ވަޒީރުންނަށް ރައީސް އަޅާ ފިޔަވަޅުތަކަށް އިހުތިރާމުކުރާނަން: ޖޭޕީ
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވަމުން ގެންދަވާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވައިފިނަމަ އެ ނިންމުމަކަށް އިހުތިރާމު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު އެގޮތަށް ވިދާޅުވެފައި ވަނީ އެޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިނިސްޓަރުކަން ކުރައްވަމުން ގެންދަވާއިރު އެ މިނިސްޓްރީން ކޮވިޑާއި ގުޅިގެން ކުރި ހަރަދުތަކުގައި މަކަރާއި ހިލާތް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާތީ އެވެ. 

އެކަމާއި ގުޅިގެން އަލީ ސޯލިހު ސީއެންއެމްއަށް ވިދާޅުވީ، ރައީސްގެ ކެބިނެޓް ހިނގާނެ ގޮތަށް ޖޭޕީން ގޮތް ނުކިޔާނެ ކަމަށާއި އެގޮތުން ރައީސް ނިންމަވާ ނިންމުމެއް ވާނީ އެންމެ ފަހުގެ ނިންމުމަށް ކަމަށެވެ. 


"ރައީސުލްޖުމްހޫރިއްޔާ އެކަމެއްގައި ނިންމަވާ ނިންމުމެއް ކޮންމެ ގޮތެއް ވިޔަސް ވާނީ އެންމެ ފަހުގެ ނިންމުމަށް، އަބަދުވެސް ޖުމްހޫރި ޕާޓީން މީގެ ކުރިން ވެސް ކަންކަން ހިނގި ގޮތުން ޖުމްހޫރީ ޕާޓީން ފުރިހަަމަ އިތުބާރު އޮވޭ ރައީސުލްޖުމްހޫރިއްޔާއަށް،"

އޭގެ އިތުރުން އަލީ ސޯލިހު މިއަދު ވަނީ އެކަމުގައި ފިޔަވަޅެއް އަޅާނަމަ ރައީސް ފިޔަވަޅު އަޅުއްވާނީ އެކަމެއްގެ އެންމެ ފުން މިނަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ ބޭފުޅެއް ނަމަވެސް ގާނޫނާއި ގަވާއިދަށް ކަމެއް ކޮށްފިނަމަ ފިޔަަވަޅު އަޅުއްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެ އެވެ. 

އެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވަނީ އޮޑިޓް ރިޕޯޓު ރަސްމީކޮށް ރައީސް އޮފީހަށް ލިބުމާއެކު އެކަމުގައި އަޅަން ޖެހުނު ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް