ads
ބީއެމްއެލް--
ބީއެމްއެލް އިން ވިޔަފާރިތަކަށް 490 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް 490 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބީއެމްއެލް އިން ވަނީ ލޯނުގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. 

މިހާތަނަށް 339 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަަމަށް ފިނޭންސް އިން ބުނެ އެވެ. 

މިހާތަނަށް 553 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ އިރު، އޭގެ ތެރެއިން 397 ފޯމް އެޕްރޫވް ކޮށްފައި ވެއެވެ. އަދި 129 ފޯމު ރަނގަޅަށް ފުރިހަމަ ނުވާކަމަށް ފިނޭންސް އިން ބުނެ އެވެ.

ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 17 ފޯމު ރިޖެކްޓުކޮށްލާފައި ވާއިރު، މިވަގުތު ޕްރޮސެސިންގައި 10 ފޯމު އެބައޮތް ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށް ބުނެފަ އެވެ. އަދި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް ބީއެމްއެލުން އިލްތިމާސްކުރެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ލޯނު ތަކަކީ އެއްވެސް ރަހުނަކާ ނުލައި، ހަ އިންސައްތައިގެ އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިން އެކެވެ. 

އެ ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭ އިރު، އެ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް