ads
ޖަމާއަތުގައި ނަމާދުކުރަނީ--
ކޮވިޑުން އަރައިގަތުމަށް ހިޖުރައިގެ މަތިވެރި ފިލާވަން އިބުރަތް ހާސިލްކުރަން ޖެހޭ: ހުތުބާ
މާތްﷲ އަށް ވަކީލުކުރުމަކީ ހިޖުރައިގެ މަތިވެރި ހާދިސާ އިން ލިބޭ އެންމެ މުހިއްމު އެއް ފިލާވަޅުކަމުން، ކޮވިޑްގެ މިހާލަތުން އަރައިގަތުމަށް ވެސް ހިޖުރައިގެ ފިލާވަޅުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށް ހުތުބާގައި ބުނެފި އެވެ.

ހިޖުރައިގެ ދަރުސްތަކުގެ ތެރެއަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތްﷲ އަށް ވަކީލުކުރުމަކީ އެއްވެސް ހާލެއްގައި ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރާލައިގެން ތިބުން ނޫން ކަމަށައި ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތައް ބޭނުންކޮށްގެން މާތްﷲ ގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނެކަމަށް ޔަގީންކޮށްގެން ތިބުން ކަމަށެވެ. 

އެގޮތުން މިއަދު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މިހާލަތުން އަރައިގަތުމަށް ވެސް ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިގަންނަން ޖެހޭ އެންމެ މުހިއްމު ފިލާވަޅަކީ ހައްގު ގޮތުގައި ﷲ އަށް ވަކީލުކުރުން ކަމަށާއި ސާފު ތާހިރުކަމާއި ގައިދުރުކަމާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމާއެކު ﷲ ގެ ހެޔޮ ރަހުމަތަށް އެދުން ކަމަށް ހުތުބާގައި ބުނެ އެވެ. 

ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައި ވަނީ ކީރިތި ރަސޫލާ ހިޖުރަ ކުރައްވައި، މައްކާ އިން މަދީނާއަށް ވަޑައިގެންނެވި މަތިވެރި ހާދިސާއާ އެވެ. އެއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ހާދިސާ އެކެވެ. އަދި ﷲ ގެ މަގަށް  ގޮވާލައްވަން މައްކާގައި ތޭރަ އަހަރު ދުވަސް ވަންދެން، އެކަލޭގެފާނު ހުންނެވުމަށް ފަހު، އެރަށުގެ އަހުލުވެރިންގެ ފަރާތުން މިކަމަށް އެކަށީގެންވާ އިޖާބަ އެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެ މީހުން ރޭވި އެވެ. އެކަމަކު މާތްﷲ ގެ އަމުރުފުޅަކަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖްރަކުރެއްވިއިރު އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް